ކޯވިޑް-19: މާލެއިން ދެވަނަ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

މާލެއިން16 ވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެއީ ބިދޭސީއެެއް ކަމަށް ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި ފްލޫ ކްލިނ...

19 Apr 2020 | 08:59

މާލެއިން16 ވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެއީ ބިދޭސީއެެއް ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ފްލޫ ކްލިނިކަށް ދެއްކި ބަންގްލަދޭޝް ރައްޔިތަކު ކޯވިޑް-19 ގެ އަލާމަތްތައް ހުރުމުން ޓެސްޓް ކުރި އިރު ވަނީ ޕޮޒިޓިވް ވެފައެވެ.

މި ބިދޭސީ މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު މި މީހާ އާއި ކުރީގެ ކޭސްއަކާއި ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1251797085696823297

މިއީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި36 ވަނަ މީހާއެވެ. އަދި މާލެ ސިޓީން ޕޮޒިޓިވް ވި16 ވަނަ މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް