ފޮޓޯ: އުފާވެރި މަންޒަރު، ވެމްކޯ މުވައްޒަފުންގެ ހިތްވަރާއި އާންމުން ދެމުންދާ އެއްބާރުލުން!

ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކް ޑައުން ކުރުމާއި އެކު24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުނި އުކުން ވެމްކޯއިން ހުއްޓާލި އެވެ. އެކަމަކު އަނެއް ދުވަހު ހިތްވަރާއި ޖޯޝައެކު ވެމްކ...

19 Apr 2020 | 08:42

ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކް ޑައުން ކުރުމާއި އެކު24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުނި އުކުން ވެމްކޯއިން ހުއްޓާލި އެވެ.

އެކަމަކު އަނެއް ދުވަހު ހިތްވަރާއި ޖޯޝައެކު ވެމްކޯގެ މުވައްޒަފުން ރައްކާތެރި ކަމުގެ ފިޔަވަޅާއި އެކު ނުކުމެ މާލެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި އެވެ. މި ނުރައްކާތެރި ހާލަތުގައި ގޭގެއަށް ވެމްކޯގެ މުވައްޒަފުން ވަނުން ރައްކާތެރި ކަމަކަށް ނުވާނެތީ އެދިފައިވަނީ އުކާލަން ބޭނުންވާ ކުނި ދެ ކޮތަޅަށް އަޅައި ބަންދު ކުރުމަށް ފަހު މަގުމަތީގައި ބެހެއްޓުމަށެވެ.

ކުނި ނެރެން ޖެހެނީ މެންދުރު12:00 ން މެންދުރު ފަހު2:00 އާއި ދޭތެރޭ އެވެ. ލޮކް ޑައުންގެ ހާލަތުގައި އަމިއްލައަށް ކުނި ކުރަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށްވެސް ވެމްކޯއިން ދަނީ ކުނި އުކައި ދެމުންނެވެ.

އާންމުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފެންނަ މަންޒަރުން އެނގެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ހުރިހާ އިދާރާތަކުންވެސް ބޭނުންވަނީ ރައްޔިތުންގެ ފަރާތުން ވެމްކޯއަށް ދެމުންދާ ފަދަ އެއްބާރުލުމެކެވެ.

ކޯވިޑް-19 ގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރަން ސިއްހީ ހިދުމަތްތެރި ކުރަމުންދާ ބުރަ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެންމެން ގޭގައި ތިބުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް