ކޯވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ހއ. އުލިގަމުން ފެނިފައިވާތީ އެ ރަށް މޮނީޓަރިން ހާލަތަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެރަށު ކައުންސިލަށް އަންގައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނައިބުރައީސް އިމާދު އަބްދުﷲ ވިދާޅުވީ ރަށުގައި މިވަގުތު ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނަ މީހަކު ހުރުމާއެކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށް މޮނީޓަރިން ހާލަތަށް ގެންދިއުމަށް އެޗްޕީއޭއިން އަންގާފައިވާކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އެންގުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް