ދަނޑިވަޅު ބަލައި ޖަލު ހަލަބޮލި ކުރަން ކުރި މަސައްކަތް ހުއްޓުވައިފިން: މިނިސްޓަރު

ކޯވިޑް-19 އާއި ގުޅިގެން މުއައްސަސާތަކަށް ބާރުބޮޑުވެފައި ވަނިކޮށް މާފުށީ ޖަލު ހަލަބޮލި ކުރުން ކުރި މަސައްކަތް ހުއްޓުވައިފި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މާފުށީ ޖަލުގ...

19 Apr 2020 | 06:59

ކޯވިޑް-19 އާއި ގުޅިގެން މުއައްސަސާތަކަށް ބާރުބޮޑުވެފައި ވަނިކޮށް މާފުށީ ޖަލު ހަލަބޮލި ކުރުން ކުރި މަސައްކަތް ހުއްޓުވައިފި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ގައިދީން ހަމަ ނުޖެހުން ހިންގަން މަސައްކަތް ކުރީ ރޭގަނޑު ކާންދޭން ބްލޮކްތައް ހުޅުވިގަޑީގައި ގަދަބާރު ދައްކައިގެން ކަމަށް ރޭ ކަރެކްޝަންސް އިން ބުނެފައިވެ އެވެ. އަދި ބުނީ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުގައި ޖަލު ބަލަހައްޓާ ދެ އޮފިސަރަކަށާއި ގައިދީއަކަށް އާދައިގެ އަނިޔާތަކެއް ވި ކަމަށެވެ.

އެކަމާ ގުޅިގެން ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ ޖަލު ބަލަަހައްޓާ އޮފިސަރުންގެ ކުޅަދާނެ ކަމުން ކަމަށެވެ. އަދި ގައިދީންނާއި އޮފިސަރުންނަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށެވެ.

https://twitter.com/ShimranAb/status/1251603019554160641

ރޭގެ ހަމަ ނުޖެހުމާއި ގުޅިގެން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވަނީ މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް ހާލަތު ދެނެގެންފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާފުށީ ޖަލުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުުތަކާއި ގުޅިގެން ގައިދީން ދަނީ ހިތްހަމަ ނުޖެހުން ފަޅު ކުރަމުންނެވެ. އެގޮތުން މާލޭ މަގުމަތިން ބައެއް ޕްރިޒަން އޮފިސަރުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް