މާލެ ސަރަހައްދުގައި އުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތާއި ހިލާފުވި 39 މީހަކު ޖޫރިމަނާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެސިސްޓަންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/fairoosh/status/1251621179699257344
39 މީހަކު ޖޫރިމަނާކޮށްފައިވާއިރު ލޮކްޑައުންއާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް ހައްޔަރުކުރާނެކަމުގެ އިންޒާރު ފުލުހުން ރޭގައި ދީފައިވެއެވެ. އަދި ރޭގެ 08:30 އިން ފެށިގެން ފުލުހުން ވަނީ ލޮކްޑައުނާ ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުން ހަރުކަށިކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ ދޫދެވިއްޖެ ކަމަށާއި ދެން ޖޫރިމަނާވެސް ކުރާނެ ކަމަށާއި އަދި ހައްޔަރުވެސް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް