ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނު އަޅައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށަކީ ދ އަތޮޅުގައި އޮންނަ އުއްދޫ ނަމަކަށް ކިޔާ ރަށެކެވެ. މިކަން ހިނގާފައިވަނީ މިރޭ11:20 ހާއިރުގައެވެ.
ދ. އަތޮޅަށް ކުރަމުން އަންނަ ވިއްސާރައިގާ ހިނގި މި ހާދިސާގައި ތިން ބިދޭސީއަކަށް އަނިޔާވިނަމަވެސް އެ އަނިޔާތަކަކީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ރަށުގެ މެނޭޖްމަންޓް ނިސްބަތްވާ ކުންފުނީޣެ ޑަކުޓަރަކު އެ ބިދޭސީންނަށް ފަރުވާ ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ދ އަތޮޅަށް ކުރަމުން އަންނަ ވިއްސާރައިގާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެ އަތޮޅު ބަނޑިދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ހަލާކުވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް