ޢީދާ ދިމާކޮށް ހުކިޓް އެޕުން "ހުކިޓް ހަންޓް"ގެ ނަމުގައި ޓްރެޒަރ ހަންޓެއް ބާއްވަނީ

ސާވިސް ޕްރޮވައިޑާ އެޕެއް ކަމަށްވާ ހުކިޓް އެޕުން މާދަމާ ޢީދު ނަމާދަށް ފަހު "ހުކިޓް ހަންޓް"ގެ ނަމުގައި ޚާއްޞަ ޓްރެޒަރ ހަންޓެއް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދާނެ ކަމަށް އެ ޓީމުން ބުނެފިއެވެ. ޢީދު ނ...

19 Mar 2026 | 15:50
N/A

N/A

ސާވިސް ޕްރޮވައިޑާ އެޕެއް ކަމަށްވާ ހުކިޓް އެޕުން މާދަމާ ޢީދު ނަމާދަށް ފަހު "ހުކިޓް ހަންޓް"ގެ ނަމުގައި ޚާއްޞަ ޓްރެޒަރ ހަންޓެއް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ޢީދު ނަމާދު ނިމޭ ވަގުތުން ފެށިގެން ހަތަރު ގަޑިއިރަށް ކުރިއަށްދާ މި ޓްރެޒަރ ހަންޓްގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖުމުލަ 71 ކޫޕަނެއް ރައްކާކޮށްފައި ހުންނާނެ ކަމަށް ހުކިޓް އެޕުން ބުނެއެވެ. އެ ކޫޕަންތަކުގައި 100 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ ފައިސާގެ އިނާމުތައް ހިމެނޭއިރު، ހުކިޓް އެޕް ސާވިސް ޕްރޮވައިޑާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ބައެއް ޚިދުމަތްތައް ހިލޭ ލިބުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. ހުކިޓް އެޕްގެ އިންސްޓަގްރާމް އެކައުންޓާއި ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ކޫޕަންތައް ފޮރުވާފައިވާ ތަންތަނުގެ ލޮކޭޝަން ހިންޓްސް ލަމުންދާނެ ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

މިއީ ހުކިޓް އެޕުން ބާއްވާ މިފަދަ ދެވަނަ ޓްރެޒަރ ހަންޓެވެ. މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ފުރަތަމަ ޓްރެޒަރ ހަންޓަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ކަމަށް އެ ޓީމުން ބުނެއެވެ. މި ޢީދުގައި ކުރިއަށް ގެންދާ ޓްރެޒަރ ހަންޓަކީ ހުކިޓް އެޕްގެ ބީޓާ ވާޝަން ލޯންޗުކުރުމާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ހުކިޓް އެޕުން ބުނެއެވެ.

ހުކިޓް އެޕަކީ ސާފުކުރުމާއި މަރާމާތާއި ޑެލިވަރީ ފަދަ ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ކަސްޓަމަރުން ގުޅުވައިދޭ ސާވިސް މާކެޓްޕްލޭސް އެޕެކެވެ. އެޕް ސްޓޯރާއި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭ މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޖޮބެއް ޕޯސްޓުކުރެވޭއިރު، ސާވިސް ޕްރޮވައިޑަރުންނަށް އެ މީހެއްގެ ޚިދުމަތްތައް ލިސްޓުކޮށް، އަމިއްލައަށް އަގު ކަނޑައެޅުމުގެ ފުރުޞަތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް