ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ 31 އަށް ހަމަވަނީ

ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމ...

18 Mar 2026 | 20:58
N/A

N/A

ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. ނަމަވެސް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެ ކަސްޓަމަރުން އަލުން އެންރޯލްކުރާކަށް ނުޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ދެ ސްޕޯޓްސް ސްޕީޑްބޯޓެވެ. ކޮންމެ ބޯޓެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހުންނާނެއެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތަށް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފައެވެ. ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގައެވެ.

މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެ ގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނާއި، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލް ދައްކާ ކަސްޓަމަރުންނާއި، ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް