މިއަދު ރާއްޖެއިން 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 145 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 104 މީހަކާއި މާލެ ނޫން ސަރަހައްދުތަކުގެ ރަށްރަށުން 21 މީހަކު އަދި ރިސޯޓްތަކުން 14 މީހަކު ލިވަބޯޑުން ފަސް މީހަކު އަދި ތަރައްގީ ކުރަމުން އަންނަ ރިސޯޓަކުން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،292 އަށް އަރާފައެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2447 އެވެ. އެޑްމިޓްކޮށްގެން 120 މީހަކަށް ފަރުވާދެމުން އަންނައިރު މިހާތަނަށް 65 މީހަކު ރާއްޖެއިން ކޮވިޑުގައި މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް