ކުޑަހުވަދޫ ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑަކަށް !

ދ. ކުޑަހުވަދޫއިން އިތުރު ބަޔަކު ޕޮޒިޓިވް ވެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ހާމަވެއްޖެއެވެ. އެގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު ބުނެފައިވާގޮތުގައި ކުޑަހުވަދޫން ނެގި ސާމްޕަލްތަކުގެ...

19 Mar 2021 | 14:56

ދ. ކުޑަހުވަދޫއިން އިތުރު ބަޔަކު ޕޮޒިޓިވް ވެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ހާމަވެއްޖެއެވެ.

އެގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު ބުނެފައިވާގޮތުގައި ކުޑަހުވަދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލެއްގެ ރިޒަލްޓް ވަނީ ޕޮޒިޓިވް ވެފައެވެ.

"މީގެ ތެރޭގައި ކޮންޓެކްޓްސްގެ 10 ސާމްޕަލްސްގެ އިތުރުން އެކްޓިވް ސަވައިލަންސް ދެ ސާމްޕަލަކާއި ސިމްޕްޓަމް ހުރި މީހެއްގެ އެއް ސާމްޕަލް ހިމެނޭ" އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވިއެވެ.

ކުޑަހުވަދޫން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު މިހާރު މިވަނީ 18 އަށް އަރާފައެވެ. އެންމެ ފުރަތަމަ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ ކުޑަހުވަދޫ އެއާޕޯޓްގައި މަސައްކަތްކުރާ ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް