އިންޑިއާގެ ލަވަކިޔުންތެރިޔާ ޖާވިދު އަލީއާއެކު، ރާއްޖޭގެ ޔޫތު މިނިސްޓަރުގެ ދަރިފުޅު ލައިބާ (އެލީ) ކިޔާފައިވާ ލަވައިގެ ވީޑިއޯ ލޯންޗުކޮށްފިއެވެ.
މި ވީޑިއޯ، ޒީ މިއުޒިކް ކޮމްޕެނީގެ ޔޫޓިއުބް ޗެނަލްގައި ލޯންޗްކޮށްފައިވަނީ މިއަދު 02:00 ހާއިރުގައެވެ.
ޖީނޭކީ ވަޖާ، މި ނަމުގައި ކިޔާފައިވާ މި ލަވައިގެ ވީޑިއޯ މިއަދު ލޯންޗުކޮށްފައިވާއިރު، މަހްލޫފްގެ ދަރިފުޅު ބޮލީވުޑްގެ ތަރިއަކާއެކު ލަވައެއް ކިޔައި، އިންޑިއާގެ އެންމެ ބޮޑު މިއުޒިކް އެއް ކުންފުނި ކަމުގައިވާ ޒީ މިއުޒިކުން މި ލަވަ ލޯންޗުކޮށްފައިވާއިރު މިކަމާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިއީ އެތައް ނުފޫޒެއް ބޭނުންކޮށްގެން މަހްލޫފް އޭނާގެ ދަރިފުޅަށް ހޯދައިދީފައިވާ ފުރުސަތެކެވެ.
ނަމަވެސް އެކަން މަހްލޫފް ދޮގުކުރެއެވެ. މަހްލޫފް ވިދާޅުވެފައިވަނީ އެލީގެ ވެސް އަދި އަމިއްލަ ކަމަށް ވެސް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ނުވެސް ކުރާނަން. އަދި ނުހައްގުން އެއްވެސް ފުރުސަތެއް އެލީއަށް ހޯދައިދޭން، ކުރިއެރުމެއް ހޯދައިހޭން މަސައްކަތް ނުކުރާނަން.” މަހުލޫފް ބުނެފައި ވެއެވެ.
އެލީގެ މި ލަވަ މިހާތަނަށް 26 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.
https://www.youtube.com/watch?v=92dKWC5suWo
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް