އަޒަރްބައިޖާންގެ ރައީސް ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖޭގައި

ޗުއްޓީ ހޭދަކުރެއްވުމަށް އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިއެވް ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ޑެލިގޭޝަން ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގ...

19 Mar 2021 | 10:12

ޗުއްޓީ ހޭދަކުރެއްވުމަށް އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިއެވް ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނާއި އެމަނިކުފާނުގެ ޑެލިގޭޝަން ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޑެލިގޭޝަން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ކޮން ރިސޯޓެއްގައިކަން ކަށަވަރެއް ނޫނެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، ޓާމިނަލް އޮޕަރޭޝަންސް، އިބްރާހިމް ހުސެއިން ވިދާޅުވެފައިވަނީ އަޒަރްބައިޖާންގެ ރައީސާއި ޑެލިގޭޝަން އިއްޔެ ރާއްޖެ ވަޑައިގެންފައިވާކަމަށާއި ދެ ހަފްތާ ދުވަހު ރާއްޖެ މަޑުކުރައްވާނެކަމަށެވެ.

ކޮވިޑަށްފަހު ބޯޑަރު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ތެރޭގައި މަޝްހޫރު ތަރިންނާއި ކުޅިވަރު ކުޅުމުގައި މަޝްހޫރު ކުޅުންތެރިންވެސް ހިމެނެއެވެ.

އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިއެވް އަކީ އެ ގައުމުގެ ހަތަރުވަނަ ރައީސެވެ. އިންތިހާބުވެވަޑައިގެންނެވީ 31 އޮކްޓޯބަރު 2003 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް