މީހުންގެ ގަޔަށް ސްޕްރޭ ކުރާ ފަދަ ޑިސްއިންފެކްޓް ގޭޓް ތަކަކީ ރައްކާތެރި އެއްޗެއްނޫން

މުޅި މީހާ އެއްކޮށް ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ޑިސްއިންފެކްޓް ގޭޓް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 'ރިކޮމެންޑް' ކުރާ އެއްޗެއް ނޫން ކަމަށް އެޗްއީއޯސީގެ ސްޕޯކްސް ޕާސަން ޑޮކްޓަރ ފާޠިމަތު ނަޒްލާ ...

19 Mar 2021 | 06:47

މުޅި މީހާ އެއްކޮށް ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ޑިސްއިންފެކްޓް ގޭޓް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 'ރިކޮމެންޑް' ކުރާ އެއްޗެއް ނޫން ކަމަށް އެޗްއީއޯސީގެ ސްޕޯކްސް ޕާސަން ޑޮކްޓަރ ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

" ޑިސްއިންފެކްޓް ކުރާ ގޭޓްތައް ނުވަތަ މީހުން ހުރަސްކުރާއިރު ޑިސްއިންފެކްޓް ކުރާ ކަހަލަ އެއްޗެއްސަކީ ޑަބްލިޔުއެޗްއީ އިން ވެސް އެއްވެސް ގޮތަކަށް ރިކޮމެންޑް ކުރާ އެއްޗެއްސެއް ނޫން. އިންސާނުން ޑިސްއިންފެކްޓް ކުރުމަކަށް އެކަހަލަ އެއްޗެއްސެއް ބޭނުމެއް ނުކުރެވޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީހުންގެ މުޅިގަޔަށް އެކަހަލަ ގޮތަކަށް ސްޕްރޭ ކުރާކަމަށް ވާނަމަ، މީހަކަށް އޭގެެ ގެއްލުންވެސް ލިބިދާނެ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

" އަސްލު ހަގީގަތުގަ ބަލިން ރައްކާތެރި މި ވަނީ އެހެން ގިނަ ގޮތްގޮތުން. ބަލި ޖެހިފަ ހުންނަ މީހާ އެފަދަ ގޭޓްއަކުން ދިޔަ ނަމަވެސް، މާސްކް ނާޅާ ނުވަތަ ގައިދުރުކަން ނުގެންގުޅޭނަމަ، ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ" ޑރ ނަޒްލާ ފާހަގަކޮށްލިއެވެ.

މީގެ އިތުރުން މީހުން، ތަންތަނުގައި އަތްލުމާއި އެހެން މީހުންގެ ގައިގަ އަތް ލާއިރު، އެއްވެސް ވަރަކަށް ޖަރާސީމު ހުރިނަަމަ، ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ބަލިން ރައްކާތެރި ވެވޭނީ އާއްމުކޮށް، ބަލިން ރައްކާތެރި ވުމަށް ބާރުއަޅާ ކަންތައްތަކުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެއީ މާސްކް އެޅުމާއި، ގައިދުރު ކުރުމުގެ އިތުރުން އަތް ސާފު ކުރުމެވެ.

މުޅި މީހާ ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ގޭޓްތަކުގެ ސަބަބުން އޭގެ ގެއްލުމެއް ވެސް ލިބިދާނެ ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

" އެކަހަލަ ކަންތައްތަކަކީ ރެކޮމެންޑެޑް އެއްޗެއްސެއް ނޫން" މީހުން ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ގޭޓްތަކަށް އިޝާރާތްކޮށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް