މަންމަގެ މަރަށްފަހު ރޮނާލްޑީނިއޯގެ އުޅުމުން ކަންބޮޑުވާން ޖެހޭފަދަ ކަންތައްތަކެއް

ފާއިތުވި ދެތިން މަސް ދުވަހަކީ، ދުނިޔެ ދުށް އެންމެ ތަފާތު ހުނަރުގެ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ހަޔާތަށް ވަރަށް ވެސް ދަތި އުނދަގޫ ހިތްދަތި ދުވަސްތަކެކެވެ. ފާއިތުވި އަހަރުގެ ފަހުކޮޅު ޕެރެގު...

18 Mar 2021 | 19:34

ފާއިތުވި ދެތިން މަސް ދުވަހަކީ، ދުނިޔެ ދުށް އެންމެ ތަފާތު ހުނަރުގެ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ހަޔާތަށް ވަރަށް ވެސް ދަތި އުނދަގޫ ހިތްދަތި ދުވަސްތަކެކެވެ. ފާއިތުވި އަހަރުގެ ފަހުކޮޅު ޕެރެގުއޭ އިން އޭނާ ހައްޔަރުކޮށް ޖަލަށްލިއިރު، މި އަހަރުގެ ފެބްރުވަރީ މަހުގައި އޭނާގެ މަންމަ ވަނީ މަރުވެފައެވެ.

މިއާއެކު ރޮނާލްޑީނިއޯގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަހިސްފައިވާއިރު، އޭނާގެ ފަރާތުން ފެންނަ އުޅުމާމެދު އޭނާއާ ގާތް ފަރާތްތައް ވެސް ވަނީ ކަންބޮޑުވެފައެވެ. ބާސެލޯނާގެ ކުރީގެ ޕްލެމޭކަރ މި ދުވަސްކޮޅު ވަނީ ރަލުގެ ތަފާތު ބާވަތްތައް ބޭނުން ކުރުމަށާ ޕާޓީ ކުރުމަށް ދެވިހިފާފައިކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

"ކޮންމެ ދުވަހަކީ ވެސް ޕާޓީއެއް" ރޮނާލްޑީނިއޯ ގެ ބައެއް ރައްޓެހިން ބްރެޒިލްގެ ނޫހެއް ކަމަށްވާ އެކްސްޓްރާ އަށް ބުުންޏެވެ.

"ކޮންމެ ދުވަހެއްގެ ހެނދުނުގައި ރޮނާލްޑީނިއޯ ވޮޑްކާ، ވިސްކީ އަދި ޖިން ބޯން ފަށާގޮތަށް ހުއްޓާލާނީ އަނެއް ދުވަހުގެ ހެނދުނަށް. މި ފަހުން އެކަނި ކުރަން ފެށި ކަމެއް ނޫން އެއީކީ. އެކަމަކު އޭނާގެ މަންމަގެ މަރަށްފަހު އެކަންތައް މިހާރު މާބޮޑަށް ގޯސްކަން ފާހަގަ ކުރެވޭ" ރޮނާލްޑީނިއޯ ގެ ރައްޓެހިން ބުންޏެވެ.

ރޮނާލްޑީނިއޯގެ މަންމަ މަރުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކޮވިޑް19 އަށް ފައްސިވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެހެނަސް، ރޮނާލްޑީނިއޯ ވަނީ އާ އަހަރާ ދިމާކޮށް ގައިދުރުކަމެއް ނެތި ގިނަ އަދަދެއްގެ ރައްޓެހިންނާއެކު އާ އަހަރުގެ ޕާޓީ ވެސް ބާއްވާފައެވެ.

މީގެ އިތުރުން ގަނޑުވަރެއް ފަދަ ގެއެއްގައި ރޮނާލްޑީނިއޯ ދިރިއުޅޭއިރު، އޭނާއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަަ ވެފައި ހުންނަ ކަމަށާއި، ރޮނާލްޑޯނިއޯ އަކީ ހެޔޮ ހިތެއްގެވެރި، ރައްޓެހިންނަށް ހެޔޮކޮށް ހިތަން މަސައްކަތް ކުރާ މީހެއްކަމަށް އޭނާގެ ރައްޓެހިން ފާހަގަކޮށްފައިވެއެވެ.

އެހެނަސް، ރޮނާލްޑީނިއޯގެ ބައެއް ރައްޓެހިންނަކީ ހަގީގީ ރައްޓެހިން ނޫން ކަމަށާ، އެފަދަ ބައެއް މީހުންގެ ސަބަބުން ރޮނާލްޑީނިއޯ އަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް އެކްސްޓްރާ އާ ވާހަކަ ދެއްކި ޑީނިއޯގެ ގާތް ފަރާތްތައް ބުނެފައިވެއެވެ./

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް