ނުހައްގުން އެލީ އަށް އެއްވެސް ފުރުސަތެއް ހޯދައިދޭން މަސައްކަތް ނުކުރާނަން: މަހުލޫފް

ނުހައްގުން އެލީ އަށް އެއްވެސް ފުރުސަތެއް ހޯދައިދޭން މަސައްކަތް ނުކުރާނެ ކަމަށް މަހުލޫފް ބުނެފިއެވެ. މަހުލޫފް މިހެން ބުނެފައި ވަނީ، އޭނާގެ ދަރިފުޅު ލައިބާ (އެލީ) ބޮލީވުޑްގެ ލަވަކިޔުންތެރިއަކާ އެކުގައި ...

18 Mar 2021 | 19:05

ނުހައްގުން އެލީ އަށް އެއްވެސް ފުރުސަތެއް ހޯދައިދޭން މަސައްކަތް ނުކުރާނެ ކަމަށް މަހުލޫފް ބުނެފިއެވެ.

މަހުލޫފް މިހެން ބުނެފައި ވަނީ، އޭނާގެ ދަރިފުޅު ލައިބާ (އެލީ) ބޮލީވުޑްގެ ލަވަކިޔުންތެރިއަކާ އެކުގައި ލަވައެއް ރެކޯޑް ކުރާނެކަމަށް އިއުލާން ކޮށްފައިވާ ޕޯސްޓަށް މީހަކު ފާޑުކިއުމާ ގުޅިގެންނެވެ.

އެލީ ލަވަ ކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ލަަވަ ކިޔުންތެރިޔާ ޖާވިދު އަލީ އާއެކުގައެވެ.

މަހުލޫފް ބުނެފައި ވަނީ، އެލީގެ ކުރިއެރުމަށް ބައްޕައެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ޒިންމާއެއް ކަމަށެވެ.

https://twitter.com/AhmedMahloof/status/1372598499783573504

” އެލީގެ ވެސް އަދި އަމިއްލަ ކަމަށް ވެސް ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުން ނުކުރަން. އިރާދަ ކުރެއްވިއްޔާ ނުވެސް ކުރާނަން. އަދި ނުހައްގުން އެއްވެސް ފުރުސަތެއް އެލީއަށް ހޯދައިދޭން، ކުރިއެރުމެއް ހޯދައިހޭން މަސައްކަތް ނުކުރާނަން.” މަހުލޫފް ބުނެފައި ވެއެވެ.

މަހުލޫފް އިތުރަށް ބުނީ، އެފަދަ ގޮތަކަށް ކަންތައް ކޮށްފިނަމަ އޮޅުވާ އެ ލެވެނީ އަމިއްލަ ނަފްސަށާއި އަމިއްލަ ދަރިފުޅަށްކަމަށެވެ.

ވަޒީރަކަށް ވުމުގެ މާކުރިން، 2014 އިން ފެށިގެން އަމިއްލަ ޝައުގުވެރިކަމުގެ ތެރެއިން ބޮލީވުޑްގައި، މުމްްބާާއީގައި ރައްޓެހިން ތިބޭކަމަށާއި އެކަމަށް ބައެއް މީހުން ހަޖޫ ވެސް ޖަހާކަމަށް މަހުލޫފް ބުންޏެވެ.

https://twitter.com/AhmedMahloof/status/1372619301639704578

އެލީ 3 އަހަރުން ފެށިގެން ހިންދީ ބަހުން ވާހަކަ ދައްކާތީ، މިއީ ބޮލީވުޑަށް އޮތް އިންޓްރަސްތްގެ ތެރެއިން އައި ވިސްނުމެއް ކަމަށާއި މިއީ އެއްމެނަށްވެސ އޮތް ފުރުސަތެއް ކަމަށް މަހުލޫފް ބުނެފައި ވެއެވެ.

” އެކަމަކު ވަރަށް ބުރަކުށް މަސައްކަތް ކުރަންޖެހޭ. އަދި ހަމަ ހަރަދުުވެސް ކުރަންޖެހޭނެ. އެއްބާރުލުމެއް އެެދޭ މީހަކަށް އަޅުގަނޑު އުފަލާއެކީ އެއްބާރުލުން ދޭނަން. ކަމުގެ މުހިންމުކަން ނިންމާނީ ބެލެނިވެރިޔާ”

“މިއަދު ‘ޒ’ީއަށް ރައިޓްސް ދީފަ އޮތަސް، މިފަދަަ އުފެއްދުމަކީ އަޅުގަނޑުމެންނަށް މުހިންމުކަމެއްކަމަށް ދެކިގެން ކުރި ހަ މަސް ދުވަހުގެ ބުރަ މަސައްކަތެއް. މިކަމުގެ ތެރެއިން ގިނަ ފިލާވަޅު ތަކެއް ލިބި، އާ ކަންތައްތަކެއް ވެސް ދަސްވި”މަހުލޫފް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް