މިހާރު ހަލުވިކަމާއެކު ފެތުރެމުން މިދާ ކޯވިޑް-19އާ ގުޅިގެން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ސިއްހީ ޕްރޮފެޝަނަލުންނަށް މަސައްކަތަށް ނުކުތުމުގެ ފުރުސަތު އައިޖީއެމްއެޗްއިން ހުޅުވާލައިފިއެވެ.
އައިޖީއެމްޗްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހިދުމަތްތެރިންނަކީ ގައުމަށް ދިމާވާ ބޮޑެތި ސިއްހީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބޭ ބަޔަކަށް ވާތީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި މަގުސަދުގައި މަސައްކަތަށް ނުކުތުމަށް އެންމެހާ ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އެދޭ ކަމަށެވެ.
ހިދުމަތަށް ނުކުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިން 7980282 އަށް ގުޅައި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް