ޔުނިވާސަލްގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިތުރުން މިހާރު ރާއްޖެއިން ވެސް ފެނިފައިވާމުވުމާއެކު ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފްލައިޓްތައް ހުއްޓާލުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ޔުނިވާސިލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުންފުންޏަކަށް އެ ކުންފުނިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މުވައްޒަފަކު ވަކިނުކޮށް އަދި ހިންގުންވެސް ހުއްޓާނުލައި ކުރިއަށްގެންދަން މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ވާ ގޮތުން، މިވަގުތު ދުނިޔޭގެ ދަތުރުފަތުތައް ހުއްޓިފައިވުމާއެކު، ކުރިއަށް އޮތް މަސްތަކަށް އެއްވެސް ބުކިންއެއް ނެތުމާއެކު، އޭޕްރީލްމަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްހަށް މި ކުންފުނީގެ ހުރިހާ ރިސޯޓްތަކުގެ ހިންގުން މެދުކަނޑާލަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖްއާއެކު މުސާރަ ލިބޭ ގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތާއި މި ހިނގާ މާޗްމަހުގެ މުސާރައާއި ސާވިސް ޗާޖު އެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒަފުންނަށް ގާނޫނުގައިވާގޮތުގެ މަތިން ދެވޭނެކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޔުނވާސަލް އިން ނެރުނު ބަޔާނުގައި، އެ ނިންމުން ކޮންމެ މަހަކު އެއްފަހަރު މުރާޖާކޮށް ހާލަތަށް އަންނަ ބަދަލު ދެނެގަނެ ކުރީގެ ހާލަތަށް ރުޖޫއަވުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް