މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސްޕާތައް ބަންދު ކުރަން ޑައިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވައިފި އެވެ.
މިރޭ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މި އަމުރަށް އަމަލު ކުރަން ފަށާނީ މިރޭ12:00 ން ފެށިގެން ކަމަށެވެ. ސްޕާތައް ބަންދު ކުރަން އެންގީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މި އެންގުމުގައި ވާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސެލޫންތަކުގައި ހިންގާ ސްޕާތައް ބަންދު ކުރަން ޖެހޭނެ އެވެ. އެކަމަކު ރިސޯޓުތަކުގައި ސްޕާ ހިންގުމަކަށް އެއްވެސް ހުރަހެއް ނެތެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މިގޮތަށް އެންގެވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ12 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ. މިވަގުތު ރާއްޖޭގައި މިއޮތީ30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.
މި މުއްދަތުގައި ކޮރޯނާ ވައިރަސް މުޅި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން މިހާތަނަށް ވައިރަސްއަށް13 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް