ކޯވިޑް-19: ބޭރުގެ ސަފާރީ އާއި ޔޮޓް ތައް ރާއްޖެ އައުން މަނާކޮށްފި

ރާއްޖެއިން ބޭރުގެ ޔޮޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުން މަނާކޮށްފި އެވެ. ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ސޮއި ކުރައްވާ ނެރު...

19 Mar 2020 | 16:43

ރާއްޖެއިން ބޭރުގެ ޔޮޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުން މަނާކޮށްފި އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ މި އެންގުމަށް އަމަލު ކުރަން ފަށާނީ މިރޭ 12:00 ން ފެށިގެން ކަމަށެވެ. ސަފާރީތަކާއި ޔޮޓްތައް އައުން މަނާ ކުރީ މުއްދަތެއް ނެތް ގޮތަށެވެ.

މިގޮތަށް އެންގީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިން ވެސް ފެނިފައިވުމުން އެ ބަލިން ރައްކާތެރިވުމަށް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާންކޮށްފަ އޮތުމުންނެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު މިހާރު ރާއްޖެއިން ފެނިފައެވެ. މުޅި ދުނިޔެއަށް ބަލާލާއިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 228,686 މީހުން ރިޕޯޓް ކޮށްފައިވެއެ. މި ބަލިން ރަނގަޅު ވި މީހުން ގެ އަދަދު 86,254 އަށް އަރާފައިވާއިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 9,387 އަށް އަރާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް