ކޯވިޑް:19 އެމްޓީސީސީން އިންޖީނު ނަގާފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ދެއްކުން ތިން މަސް ފަސްކޮށްދީފި

ކޯވިޑް-19 ރާއްޖެއިން ފެނި އިގްތިސާދަށާއި އާންމު ރައްޔިތު މީހާގެ މާލީ ހާލަތަށްވެސް މި ވައިރަހުގެ ސަބަބުން ހީނަރުކަން އަންނާނެކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ދިގު މުއްދަތަށް ފައިސާ ދައްކާގޮތަށް އެމްޓީސީ...

19 Mar 2020 | 13:49

ކޯވިޑް-19 ރާއްޖެއިން ފެނި އިގްތިސާދަށާއި އާންމު ރައްޔިތު މީހާގެ މާލީ ހާލަތަށްވެސް މި ވައިރަހުގެ ސަބަބުން ހީނަރުކަން އަންނާނެކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ދިގު މުއްދަތަށް ފައިސާ ދައްކާގޮތަށް އެމްޓީސީސީން އިންޖީނު ނަގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތެއް އެމްޓީސީސީން ހަމަޖައްސައިދީފިއެވެ.

އެގޮތުން އެމްޓީސީސީން ބުނެފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ދިވެހި ރާއްޖެ އަށްވެސް ފެތުރު މުގެ ބިރު އޮތުމާއިއެކު ރާއްޖޭގެ ވިޔަފާރިތަކަށް، ހާއްސަކޮށް މަސްވެރިންނާއި އޮޑިވެރިންގެ މަސައްކަތަށް މިކަމުގެ ސަބަބުން އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، މިކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން ދިގު މުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ނަންގަވާފައިވާ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ފައިސާ ދެއްކޭނެ ޕްލޭނެއް މިކުންފުނިން މިއަދު އެކުލަވާލާފައިވާނެ ކަމަށެވެ.

"އެގޮތުން ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު ދިގު މުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ނަންގަވާފައިވާ ކަސްޓަމަރުން ދައްކަވަން ހުރި ފައިސާ 19 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދެވިފައިވާކަން އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ." އެމްޓީސީސީން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އިސްވެ ދެންނެވުނު މުއްދަތައް ކަނޑައެޅިފައިވާ ފައިނޭންސް ކޯސްޓްވެސް މާފްކޮށްދޭން ހަމަޖެހިފައިވާ ވާހަކަވެސް އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާކަމަށާއި މިބަދަލާއިއެކު އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް