ކޯވިޑް-19: މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދު ކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަޅާ  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  ވަކި މުއްދަތެއް ނެއްގޮތަށް ޓިކެޓް އޮފީސް ބަން...

19 Mar 2020 | 13:21

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަޅާ  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  ވަކި މުއްދަތެއް ނެއްގޮތަށް ޓިކެޓް އޮފީސް ބަންދު ކޮށްފިއެވެ.

އެގޮތުން މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން ގެ އިތުރުން ކޯލް ސެންޓަރް އަދި ވައިބާ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށެވެ.

ކޯލް ސެންޓަރު އަދި ވައިބާ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ގަޑިތަކަކީ:

  • އާދިއްތަ - ބުރާސްފަތި: ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް
  • ހުކުރު އަދި ހޮނިހިރު ދުވަސް ބަންދު

މީގެ އިތުރުން ދުވަހުން ދުވަހަށް ރީފަންޑް ދޫކުރުންވެސް މި ވަގުތު ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް