މިހާރު ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން އެއާލައިނުން ބޭރު ދަތުރުތަކަށް ގެނެސްފައިވާ ބަދަލު ތަކަކީ:
- 18 މާރިޗް 2020 އިންފެށިގެން އިންޑިއާގެ ޓްރެވިންޑްރަމަށް ދަތޫރުކުރާން ނިންމައިފައިވަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ހިމެނޭގޮތަށް ހަފްތާއަކު 3 ދުވަހުއެވެ.
- ރާއްޖެއިން އިންޑިއާގެ ކޮޗިން އަށް ކުރާ އެންމެ ފަހުގެ ދަތުރުތައް ކުރާންނިންމާފައިވަނީ މާރިޗް މަހުގެ 19، 21 އަދި 23 ވަނަ ދުވަހުއެވެ.
- ރާއިޖެއިން އިންޑިއާގެ ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާ އަށް ކުރާ އެންމެ ފަހުގެ ދަތުރުކުރާން ނިންމާފައިވަނީ މާރިޗް މަހުގެ 2 ވާ ހުކުރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް