ކޯވިޑް-19ގެ މި ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި އިގްތިސާދު ދަށްވެ، އެކަމުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިޔަން ރުފިޔާގެ އެކޮނޮމިކް ޕެކޭޖެއް ސަރުކާރުން އިއުލާނުކޮށްފިއެވެ.
އެގޮތުން މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ޕެކޭޖަކީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ހަދާފައިވާ ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖުގެ ދަށުން ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓް އިންޓްރެސްޓްގައި ލޯނު އެހީ ދޫކުރާނެ ކަމަށާއި ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ......
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް