ކުރިއަށް އޮތް މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި ބާއްވާ މޭ/ޖޫން އިމްތިހާނު ކޯވިޑް-19 އާއި ގުޅިގެން ވަނީ ކެންސަލްކޮށްފައެވެ.
އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ސްކޫލްތައް އަންނަ ހަފްތާވެސް ބަންދުވީނަމަވެސް އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުންނަށް ގޫގަލް ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދަނީ ފިލާވަޅުތައް ނަގައިދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް