ކޯވިޑް-19: ރަޝިއާއަށް ދިޔަ ދިވެހިންތަކެއް ކަރަންޓީން ކޮށްފި

ރާއްޖެއިން ރަޝިއާއަށް ދިޔަ ތިން ދިވެއްސަކު ކަރަންޓީންކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ އެމީހުން ކަރަންޓީން ކުރީ ބަލީގެ އަލާމާ...

19 Mar 2020 | 10:34

ރާއްޖެއިން ރަޝިއާއަށް ދިޔަ ތިން ދިވެއްސަކު ކަރަންޓީންކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ އެމީހުން ކަރަންޓީން ކުރީ ބަލީގެ އަލާމާތްތައް ފެންނަން ހުރުމުން ކަމަށެވެ. އެކަމަކު އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެމީހުން ކަރަންޓީންކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ސަރުކާރުން އެމީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި ރަޝިއާ ސަރުކާރާއި ބަރާބަރަށް މުއާމަލާތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާ ނުރައްކާތެރި މިންވަރާއި ގުޅިގެން ގިނަ ގައުމުތަކުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެއިންވެސް ވަނީ ބައެއް ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފައި އެވެ.

އަދި ސަރުކާރުން އިލްތިމާސް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން މިވަގުތު އެތިބި ގައުމެއްގައި ތިބުމަށެވެ. އެއީ ދަތުރު ކުރުމަށް އެއާޕޯޓުތަކަށް ދިއުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

މިހާތަނަށް ރަޝިއާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ147 މީހަކު ތިބި އިރު މި ބަލީގައި އެކަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް