ކޯވިޑް-19: ޕެރެޑައިސް ރިސޯޓުން އަށް ދިވެހިންނާއި ދެ ޓޫރިސްޓަކު ޓެސްޓު ކުރަނީ

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ10 މީހަކު ޓެސްޓު ކުރަން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ ޕެރަޑައިސްއިން ވައިރަހަށް ޝައްކު ކުރެވެނީ އަށް މުވައްޒަ...

19 Mar 2020 | 10:18

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ10 މީހަކު ޓެސްޓު ކުރަން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ ޕެރަޑައިސްއިން ވައިރަހަށް ޝައްކު ކުރެވެނީ އަށް މުވައްޒަފަކަށާއި ދެ ޓޫރިސްޓަކަށް ކަމަށެވެ. އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަދި އެ ރިސޯޓު މިވަގުތު އޮތީ މޮނިޓަރިންގައި ކަމަށް ބުނެ އެވެ.

މީގެ އިތުރުން ރަންދެލި ރިސޯޓުން ބައްޔަށް ޝައްކު ކުރެވޭ ޓޫރިސްޓެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެ އެވެ. އެ ރިސޯޓުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

https://twitter.com/HPA_MV/status/1240577915147808768

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖެއިން ބޭރުން އައިސްގެން ޓެސްޓު ކުރި ހުރިހާ ދިވެހިން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރި ފަސް މީހަކުވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް