ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު5:00 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އަޕާ ނޯތް ޕޮލިސް...

19 Mar 2020 | 08:19

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު5:00 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އަޕާ ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ސަރަހައްދުގައި އެވެ. އެއީ ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދެވެ.

މައްސަލައިިގަ އަނިޔާ ލިބިފައިވަނީ15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ފުލުހުން ބުނީ މިހާތަނަށް މި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ އެކަމަކު މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ކުދަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފައި އެވެ. އޭގެ ތެރޭގައި މަންމަ އަކު14 އަހަރުގެ ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ހުށަހެޅުނެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް