ކޯވިޑް-19: ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކޮށްފި

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ސަރުކާރު ބަންދު ކުރުމުން ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދު ކޮށްފި އެވެ. މި ...

19 Mar 2020 | 08:10

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ސަރުކާރު ބަންދު ކުރުމުން ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދު ކޮށްފި އެވެ.

މި ހިދުމަތްތައް މެދުކަނޑާލާފައިވަނީ ހަފްތާއަކަށެވެ.

ދިރާގުން ބުނީ މިގޮތަށް ހިދުމަތްތައް ދިނުން ބަންދު ކުރީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުގެ ދަށުށް ކަމަށެވެ. އެކަމަކު ދިރާޣު މުވައްޒަފެއްގެ އެހީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ވެބްސައިޓުގައިވާ ލައިވް ޗެޓް، އައި-މެސެޖިންގް، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް އެދޭ ކަމަށެވެ.

ދިރާގުން ބުނީ އަބަދުވެސް ބޭނުންވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައަށް ލުއިފަސޭހަ ކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ކުންފުނިން އިލްތިމާސް ކުރަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ހިދުމަތްތައް މެނޭޖްކުރެއްވުމަށް ކަމަށެވެ.

ކޯވިޑް-19: އަކީ ވަރަށޤ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ ސަރުކާރު އެއް ހަފްތާއަށް ބަންދު ކުރުމަށް ފަހު އެދިފައިވަނީ މުވައްޒަފުން ކޮންމެހެން ދާން ޖެހޭ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށެވެ.

ޑޮކްޓަރުންނާއި ސިއްހީ މާހިރުން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮރޯނާ ވައިރަސް ފެތުރިފަ ހުރި މިންވަރު އެނގިގެންދާނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް