އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އުރީދޫން ހާއްސަ ޑޭޓާ އެލަވަންސްއެއް ދޭން ނިންމައިފި އެވެ.
އުރީދޫން ބުނީ އެ އެލަވަންސް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުންޏާއި ހިއްސާ ކުރާ އުރީދޫގެ ނަމްބަރު ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ. މި ހިދުމަތް ލިބޭނީ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.
މި އެލަވަންސް ބޭނުން ކުރެވޭނީ ތައުލީމު ފޯރުކޮށްދިނުމަށް ގޫގްލް ކްލާސްރޫމްގެ މޮބައިލް އެޕްލިކޭޝަން ފަދަ ހިދުމަތްތަކަށެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން މިމަހުގެ ބިލް ނުދެއްކުނަސް ހިދުމަތް ނުކަނޑާގޮތަށް ނިންމާ، އަޅާ ކޮންމެ އިންޓަނެޓް ޕެކޭޖަކަށް ޕްރިޕެއިޑްގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމުން ހިމެނެ އެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ބޯނަސް ޑޭޓާ ދޭން ވެސް އުރީދޫން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް