ކޯވިޑް19 ރާއްޖެއިންވެސް މިހާރު ފެނިފައިވާއިރު އަދި ޒަރޫރީ ބޭނުންތަކުގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާއިރު، އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް އުރީދޫއިން މިއަދު އިއުލާނު ކޮށްފިއެވެ.
އެގޮތުން އުރީދޫން ބުނެފައިވާގޮތުގައި އުރީދޫގެ ޕްރީ ޕެއިޑް ކަސްޓަމަރުން މިހާރު ނަގާ، ކޮންމެ މޯބައިލް ޑާޓާ ޕެކޭޖަކާއެކު 25% އިތުރު ބޯނަސް ޑާޓާ ހިލޭ ލިބިގެންދާނެއެވެ. އުރީދޫއިން ބުނެފައިވަނީ މިއީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ބޭރަށް ނުގޮސް އެކަކު އަނެކަކަށް ފަސޭހައިން ވާހަކަ ދެކެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމެކެވެ.
އުރީދޫއިން މިއަދު މިކަން އިއުލާނުކޮށްފައިވާއިރު ކޯވިޑް 19 އާއި ގުޅިގެން އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ ޕޯސްޓްޕެއިޑާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑްގެ ހިދުމަތް ހޯދާ ފަރާތްތަކުން މި ހިނގާ މާރިޗް މަހުގެ ބިލު ނުދެއްކުނަސް އުރީދޫގެ ހިދުމަތްތައް ކަނޑާނުލާނެކަން އުރީދޫއިން ވަނީ ހާމަކޮށްފައެވެ. އެހެން ނެޓްވޯކްތައްވެސް ހިމެނޭހެން އެސްއެމްއެސް ވަނީ މުޅިން ހިލޭ ކޮށްފައެވެ.
މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައިވެސް އުރީދޫން އަންނަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް