ކޮރޯނާ ވައިރަސް އާއި ގުޅިގެން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރު ކަމުން އަރައިގަތުމަށް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މަސް ގަންނަ ފަރާތްކަށް ލޯނު ނެގޭނެ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދުނިޔޭގެ އިގްތިސޯދު ދަށްވެ ރާއްޖޭގައި ބާނާ ކަނޑު މަސް އެކްސްޕޯޓު ކުރުމުގައި މިހާރު ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މަސް ގަނެ ފައިސާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މަސް އެކްސްޕޯޓު ނުކުރެވި ބަހައްޓަން ޖެހޭ ޖެހުމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ރީފާ ކޮންޓެއިނާ ގެނައުމުގެ މަސައްކަތް އެސްޑީއެފްސީން ކުރަމުންދާކަން އޭނާ ވިދާޅުވި އެވެ.
މިގޮތަށް މަސް ގަންނަ ފަރާތްތަކަށް އެހީވާން ސަރުކާރުން ނިންމީ ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ ދާއިރާގައި ހަަރަކާތްތެރިވާ ބޭފުޅުންނާއި ބައްދަލުކޮށް، އެ އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވުމަށް ފަހު އެވެ. ކޮވިޑް-19 އާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުން ވަނީ އެއްކޮށް ހުއްޓިފަ އެވެ.
ސަރުކާރުން ބުނީ ގަުއމު ހުއްޓުމަކަށް ނުގެނެސް އަމިއްލަ ވިޔަފާރިތަކާއި ރައްޔިތުންގެ ދިރިއުޅުން ކޮޅަށް ޖަހަން އެހީތެރިވެދެވެން ހުރި ދައިރާސައް ބަލައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް