ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް ދެއަކަށް، އެތެރޭގެ އުދުހުންތަކަށް ބޮޑު ބަދަލެއް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމަކީ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ހުޅުވުނު އައު ބާބެއް ކަމަ...

19 Feb 2026 | 05:54
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް ދެއަކަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެމްއޭސީއެލް

ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް ދެއަކަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް

އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމަކީ

އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ހުޅުވުނު އައު ބާބެއް ކަމަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް

ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޑޮމެސްޓިކް

ޓާމިނަލްގެ އޮޕަރޭޝަންތައް ބަދަލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި

ވާހަކަދައްކަވަމުންނެވެ.

ޝަރީފް

ވިދާޅުވީ ކުރިން ބޭނުންކުރި ޑޮމެސްޓިކް ޓާމިނަލްގައި ޚާއްޞަކޮށް ޕީކް ސީޒަންގައި

ވަރަށް ބޮޑަށް ތޮއްޖެހި، ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް

ކުރިމަތިވަމުންދާ ކަމަށެވެ. "މިހާރު  ބޭނުންކުރަމުން

އަންނަ ޑޮމެސްޓިކް ޓާމިނަލް ޙާއްސަ ގޮތެއްގައި ޕީކް ސީޒަންގައި ވަރަށް ބޮޑަށް

ތޮއްޖެހި ޙިދުމަތް ދޭން އުނދަގޫވެ، އެތަން ބޭނުންކުރާ ފަސިންޖަރުންނަށް ބޮޑު

ތަކުލީފަކަށްވޭ. ބައެއް ފަސިންޖަރުން ޗެކިން ކުރުމުގައި ގިނަ ވަގުތުތަކެއް

ހޭދަކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

އައު ޓާމިނަލް ދޭއް ގައި ހިމެނޭ ވަސީލަތްތަކަށް ބަލާއިރު،

ކުރީގެ ޓާމިނަލްގައި ހުރި އަށް ޗެކް-އިން ކައުންޓަރުގެ ބަދަލުގައި މިހާރު 27

ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ތިން މެޝިނާއި، ފުރުމަށް

ޚާއްޞަ ހަ ގޭޓު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އަންހެނުންނާއި

ފިރިހެނުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދެއްގެ

އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތިން ތަނެއް މި ޓާމިނަލްގައި ހުންނާނެއެވެ.

ދަތުރުވެރިންގެ ފޮށިތައް ނެގުމުގެ ކަންކަމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެގޮތުން ކުރީގެ ޓާމިނަލަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެގޭޖް ބެލްޓް މިހާރު ވަނީ

ބަހައްޓާފައިވާކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެތެރޭގެ

އުދުހުންތައް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޖާގަ

ތަނަވަސް އައު ޓާމިނަލަކުން ޚިދުމަތް ދޭން ފެށުމަކީ ފަތުރުވެރިންނަށާއި ދިވެހި

ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. އެމްއޭސީއެލްއިން ގަބޫލުކުރާ

ގޮތުގައި މި ބަދަލުގެ ސަބަބުން ދަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ

އިގްތިސާދީ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް