ހަޔަކުން ހަޔަކަށް ވެހިކަލް ނުދުއްވޭގޮތަށް އެޅި ފިޔަވަޅު އިތުރު ހަތް ދުވަހަށް

ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ނުދުއްވޭގޮތަށް އެޅި ފިޔަވަޅުގެ މުއްދަތު އިތުރު ހަތް ދުވަހަށް ދިގުދަންމާލައިފިއެވެ. މި މުއްދަތު ދިގުދަންމާލާފައިވާއިރު ކޮވިޑު ފެތުރުން ހުއް...

19 Feb 2021 | 17:34

ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ނުދުއްވޭގޮތަށް އެޅި ފިޔަވަޅުގެ މުއްދަތު އިތުރު ހަތް ދުވަހަށް ދިގުދަންމާލައިފިއެވެ.

މި މުއްދަތު ދިގުދަންމާލާފައިވާއިރު ކޮވިޑު ފެތުރުން ހުއްޓުވުމަށް މިހާރު އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ މުއްދަތުވެސް ވަނީ ދިގު ދަންމާލާފައެވެ.

ކޮވިޑު ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އަދަދުތައް ކޮންމެދުވަހަކު އުޅެނީ100 އިން މަތީގައެވެ. އެއް ސަބަބެއް ކަމުގައި ސިއްހީ ކަމާބެހޭ ފަރާތްތަކުން ބުނަނީ ކޮވިޑުގެ އިތުރު ވޭރިއެންޓްތައް މިހާރު ރާއްޖޭގައިވެސް އުޅުމެވެ. އަދި އަދަދުތައް ތިރިނުވާނަމަ މިހާރަށްވުރެވެސް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިދާނެ ކަމުގެ އިންޒާރު ސިއްހީ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް