127 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑަށް ރާއްޖެއިން މިއަދު 127 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ރާއްޖެއިން މިއަދު 127 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 98 ...

19 Feb 2021 | 17:02

ކޮވިޑަށް ރާއްޖެއިން މިއަދު 127 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ރާއްޖެއިން މިއަދު 127 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 98 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ.

ރަށް ރަށުން 10 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ހަތް މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ. އަދި ލިވަބޯޑްތަކުން ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދުވަނީ 18467 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2446 އެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 159 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް