މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ޒޫމް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލުވުންތަކެއް ބާއްވަން ނިންމައިފި އެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ކޯވިޑް-19ގެ ހާލަތުގައި އެޗްޕީއޭއިން ބާރު އަޅަނީ އޮންލައިންކޮށެވެ. އަދި ގޭގެއަށް ގޮސްގެންނާއި އާންމު ތަންތަނުގައި ކެމްޕެއިން ކުރާއިރު އއަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑްލައިނެއް ވަނީ އެކުލަވާލައި އާންމުކޮށްފައެވެ.
ޑރ. މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑްގެ މިހާރުގެ ހާލަތުގައި ގިނަ މީހުންނާއި ބައްދަލުކޮށް ހެދެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ހަރަކާތްތައް ބޮޑަށް ރާވާފައިވަނީ އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރާ ގޮތަށް ކަމަށެވެ.
އެގޮތުން ޒޫމް މީޓިން ސެޝަން ތަކެއް ފަށަން ނިންމާފައިވާ ކަމަށެވެ. މުއިޒު ވަނީ މި ސެޝަކްތަކަށް ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު އަރުއްވާފައި އެވެ.
މި ސެޝަންތައް ކުރިޔަށް ގެންދަނީ ސިލްސިލާކޮށެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
https://twitter.com/MMuizzu/status/1362791024364457984
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިޒާ ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ އަލްހާން ފަހުމީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް