ކ. ގުރައިދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރަށަށް އަރާފޭބުން މަނާކުރި ކުރުން އުވާލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މޮނީޓަރިން ހާލަތުން ގުރައިދޫ ނަގާފައިވަނީ ޕޮޒިޓިވް ވި މީހާއާއި ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ތައް ނެގަޓިވް ވުމުންނެވެ.
އިއްޔެ އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރޭގެ ވަގުތެއްގައި ދުވަހަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލް ރައީސް ވިދާޅުވެފައިވަނީ އޭރު ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ. އަދި މޮނީޓަރިންއަށް ލީ ޕޮޒިޓިވް ވި މީހާ އިތުރު ފަރާތްތަކަކާއި ކޮންޓެކްޓް ވެފައިވުމުން ކަމަށެވެ.
މިއަދު ދުވަހަށް އެ ރަށުން މައުލުމާތު ދިން މީހަކު ބުނީ ޕޮޒިޓިވް ވި ކޭސް އާއި ގުޅިގެންންނާއި ރެންޑަމް ސާމްޕަލްގެ ގޮތުގައި އެ ރަށުން 40 އަށްވުރެ ގިނަ ސާމްޕަލް ނެގި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް