ޗެނަލް 13 އަށް ދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު އެކްޓިވިސްޓް ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގެ ތހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 51 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންނަށް އިންޒާރުދިން އެކްޓިވިސްޓް ހައްޔަރުކޮށްފި
ޗެނަލް 13 އަށް ދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު އެކްޓިވިސްޓް ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގެ ތހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 51 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާއަކުން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން ޗެނަލް 13 އަށް ދީފައިވާ އިންޓަވިއުއެއްގައި އެމީހާ ބުނެފައިވަނީ އެމީހުން ޖަލުގައި ބަންދުކުރީ މަކަރާއި ހީލަތް ހަދައިގެން ދޮގު ހެކި ދީގެން ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭ ކަމަށެވެ.
" ހަނދާން ކުރާތި އެމީހުން. އެމީހުންނާއި އަރައި ހަމަކުރާނެ ހައްގު. އަރާ ހަމަކުރާއިރު އެމީހުން ޖަލުގެ ތެރޭރިތަކަށް ދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ ވެރިކަމެއް ދެން 2023 ވަނަ އަހަރުގައި އަންނާނީ. އެ ވެރިކަމަށް އައުމަށް ފަހުގައި ވަކިވަކިން ކޮށާލާނަން އެންމެން" އޭނާ ބުންޏެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް