ފައިނުގައި ގެނބިގެން ކުއްޖަކު މަރުވެއްޖެ

ރ. ފައިނުގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ފައިނުގައި ކުއްޖަކު ގެ...

19 Feb 2021 | 14:08

ރ. ފައިނުގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ފައިނުގައި ކުއްޖަކު ގެނބިގެެން މަރުވިކަން މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.

އެ ރަށު ކައުންސިލުން ބުނީ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. ހާދިސާ ހިނގި އިރު އެ ކުއްޖާ އުޅުނީ ކުދިންތަކަކާއި އެކު އަތިރި މަތީގައި ކުޅެން ކަމަށްވެ އެވެ.

އެ ރަށު ބައެއް މީހުން މީޑިއާގައި ބުނިގތުން ކުޅެން އުޅެނިކޮށް އެ ކުއްޖާ ރާޅަކާއި އެކު ދަމައިގަތީ އެވެ.

ކުއްޖާ މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް