ރާއްޖޭގައި ކޯވިޑް ވެކްސިން ދިން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ރާޢްޖޭގައި ކޯވިޑް-19 ވެކްސިން ދިން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ އާއިލާއިން މީ...

19 Feb 2021 | 09:18

ރާޢްޖޭގައި ކޯވިޑް-19 ވެކްސިން ދިން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ އާއިލާއިން މީޑިއާގައި ބުނެފައިވަނީ އެމީހާ މަރުވީ ކޯވިޑް-19 ވެކްސިން ދިން ފަހުން ހާލު ސިރިއަސްވެގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.

މި މައްސަލައިގަ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މަރުވީ އުމުރުން 93 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ސިއްހީ އެތައް ސަބަބުތަކަކާއި ގުޅިގެން އެނދުމަތިވެފައި އޮންނަތާ 10 އަހަރުވެފައިވާ މީހެކެވެ.

އެމީހާއަށް ކޮވިޝީލްޑް ވެކްސިން ދީފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެމީހާ މަރުވީ ވެކްސިން ޖެހިފަހުން ކަމަށް ބުނާތީ އެ މައްސަލަ ހެލްތް މިނިސްޓްރީން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.

އަދި މައްސަލައިގެ ތަހުގީގު އެއްކޮށް ނިމުނުހާ އަވަހަށް އެމީހާގެ މަރާއި ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށް ބުންޏެވެ. އެކަމަކު އެމީހާގެ މަރަކީ ކޯވިޑް ވެކްސިނާއި ގުޅުން ނެތް ކަމަށް ވުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް ވެކްސިން ޖެހި މީހުންނަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

އާންމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުމުން ހުން އައިސް ގައިގަ ރިއްސާ ކަމަށްވެ އެވެ.

މިހާތަނަށް ރާއްޖޭގައި 64،000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 ވެކްސިން ޖަހާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް