ބޮލީވުޑްގެ އެކްޓަރު އަރްމާން ޖެއިން އަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
މި މައްސަލައިގަ އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) ވަނީ އަރްމާން އެ އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައި އެވެ.
އަރްމާންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށްފައިވަނީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީގެ ޕާޓީ ޝިވް ސެނާގެ އިސް ލީޑަރެއްގެ އިތުރުން މަހާރަޝްތުރާ ލެޖިސްލޭޓިވް އެސެމްބްލީގެ މެމްބަރު ޕްރަތާބް ސައިނިކް، ޓޮޕްސް ގްރޫޕް ކިޔާ ކުންފުންޏަކަށް ސަރުކާރުގެ ޕްރޮޖެކްްޓެއް ދިނުމުގައި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޓޮޕްސް ގްރޫޕަށް ކޮންޓްރެކްޓް ހޯދައި ދިނުމުގައި ފައިސާގެ ނާޖާއީޒު މުއާމަލާތްތަކެއް ހިންގުމުގައި އިސްކޮށްހުރީ ޕްރަތާބްގެ ގެ ދަރިފުޅު ވިހާންގް ސަރްނައިކް ކަމަށެވެ. އަރުމާނަކީ ވިހާންގްގެ ވަރަށް ގާތް އެކުވެރިއެކެވެ.
މި މައްސަލައިިގަ އޭނާ އާއި މަންމަ ރީމާ ޖެއިން ދިރިއުޅޭ އެޕާޓްމެންޓު ބަލާ ފާސްކޮށްފައިވެ އެވެ. އަދި އަރްމާންގެ ފޯރުން ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 30 އަހަރުގެ އަރުމާން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރު، ކަރީނާ ކަޕޫރު އަދި ކަރިޝްމާ ކަޕޫރުގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. އަރްމާންގެ މަންމަ ރީމާ ޖެއިން އަކީ ރަންދީރު ކަޕޫރުގެ ކޮއްކޮ އެވެ.
އަރްމާން ބޮލީވުޑަށް ތައާރަފުވީ 2014 ގައި ރިލީޒް ކުރި ފިލްމު "ލޭކަރް ހަމް ދީވާނާ ދިލް" އިންނެވެ. އޭގެ ފަހުން އޭނާ ފިލްމެއް ނުކުޅެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް