އެމެރިކާގެ އާ ސަރުކާރުން ސައުދީގެ ވަލީއަހުދު މުހައްމަދާއި ދެކޮޮޅު!

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަލުން އަދި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އކު އެމެރިކާއިން ރަސްމީ މަޝްވަރާތައް ނުކުރާނެ ކަމުގެ އިޝާރާތެއް އެ ގ...

19 Feb 2021 | 06:57

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަލުން އަދި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އކު އެމެރިކާއިން ރަސްމީ މަޝްވަރާތައް ނުކުރާނެ ކަމުގެ އިޝާރާތެއް އެ ގައުމުން ދީފި އެވެ.

ވަލީހަހުދު މުހައްމަދާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ގާތް ގުޅުމެއް ބާއްވާފައި އެވެ. ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ނުސީދާކޮށް އެމެރިކާގެ އާ ސަރުކުން މުހައްމަދާއި މެދު ހިތްހަމަ ނުޖެހޭކަން ހާމަ ކުރުމެވެ.

އެމެރިކާ އާއި ސައުދީ އާއި ދެމެދު ރަސްމީ ވާހަކަތައް ފަށާނެ އިރަކާއި ގުޅޭގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު ޖީން ކާސީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވަރަށް އަވަހަށް ރަސްމީ މަޝްވަރާތައް ފަށާނެ ކަމަށެވެ. އެކަމަކު އެމެރިކާއިން މަޝްވަރާ ކުރާނީ ސައުދީ ރަސްގެފާނު ސަލްމާނާއި ކަމަށް ވިދާޅުވި އެވެ.

ސާކީ ވިދާޅުވެފައިވަނީ ވެރިކަމާއި އާ ސަރުކާރުން ހަވާލުވީން ސުރެ ސައުދީ އާއި ދެގައުމުގެ ގުޅުން ތަރުތީބުކޮށް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަރުތީބަށް ބަލާއިރު މަޝްވަރާތައް ކުރިޔަށް ދާނީ ރައީސާއި ރަސްގެފާނާއި ދެމެދުގައި ކަމަށެވެ. އެކަމަކު ރަސްމީ ވާހަކަތައް ފެށޭނެ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

ވަލީއަހުދު މުހައްމަދާއި އެމެރިކާގެ ރައީސް ޖޯބައިޑަން ހިތްހަމަ ޖެހިވަޑައި ނުގެންނަވާ ކަން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން ކުރިންވެސް ހާމަކުރައްވާފައެވެ. އެގޮތުން ކެމްޕެއިން ތެރޭގައި ބައިޑަން ވަނީ ސައުދީގެ ވަލީއަހުދަކީ އިޖްތިމާއީ މާބޮޑު ބާރެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް