ހިޔާ ފްލެޓުތައް ހަވާލު ކުރުމުން ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދިއްޖެ!

މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދަ ފުއްދިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދަކީ ހަ...

19 Feb 2021 | 03:25

މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދަ ފުއްދިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދަކީ ހަމައެކަނި ހިޔާ ފްލެޓުތައް ހަވާލު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ހިޔާ ފްޓެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓުތަކެއް ކަމަށެވެ.

އެ ވައުދު މިހާޜު ސަރުކާރަށް ފުއްދިއްޖެ ކަމަށް ވިދާޅުވި އެވެ. ޝުޖާއު ވަނީ ވެރިކަމަށް ދެ އަހަރާއި ބައިވާން ކައިރިވެފައިވާއިރު އަލަށް އެންމެ ފްލެޓެތެއްވެސް އަޅާލަން ކީއްވާނެތޯ ސުވާލު ރައްވާފައި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ. މިކަންކަމުން ހާމަވެގެން ދަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ނާގާބިލު ކަންކަމަށް ޝުޖާއު ވިދާޅުވި އެވެ.

https://twitter.com/shuja3831/status/1362601644572090372

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް