އެމެރިކާ އެއާފޯސްގެ އިސް މަގާމަކަށް މުސްލިމް އަންހެނެއް

އެމެރިކާގެ އެއާފޯސްގެ އިސް މަގާމަކަށް މުސްލިމް އަންހެނަކު އައްޔަންކޮށްފިއެވެ. އިންޑިއާއަށް އުފަން ސާލިހާ ޖަބީން ނަމަކަށް ކިޔާ މި އަންހެން މީހާ އައްޔަންކޮށްފައިވަނީ އެއާފޯސްގެ ޗެޕްލެއިން ކޯރޕްސް އަށެވެ...

19 Feb 2021 | 02:49

އެމެރިކާގެ އެއާފޯސްގެ އިސް މަގާމަކަށް މުސްލިމް އަންހެނަކު އައްޔަންކޮށްފިއެވެ.

އިންޑިއާއަށް އުފަން ސާލިހާ ޖަބީން ނަމަކަށް ކިޔާ މި އަންހެން މީހާ އައްޔަންކޮށްފައިވަނީ އެއާފޯސްގެ ޗެޕްލެއިން ކޯރޕްސް އަށެވެ.

މި މަގާމު ލިބުމުން އޭނާ ބުނެފައިވަނީ މުޅި ދުނިޔެއަށް މިސާލަކަށް ވާން ބޭނުން ކަމަށާއި ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް ދީނުން އެންމެ މިންވަރެއްވެސް ގުރުބާން ކުރަން ނުޖެހުނު ކަމަށެވެ.

އެމެރިކާގެ އެއާފޯސްގެ އިސް މަގާމަކަށް މުސްލިމް އަންހެނަކު އައްޔަންކޮށްފައިވާއިރު އެމެރިކާގައި ސްޓޭޓްސް އެޓާނީއެއްގެ މަގާމު ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކަށް ދީފައިވަނީވެސް މި އަހަރުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް