ބީއެމްއެލްއިން އައްޑޫއަށް އަމާޒުކޮށް އިންވެސްޓްމަންޓްތަކާ ވަޒީފާގެ ފުރުސަތު އިތުރުކުރަނީ

މިއަދު އައްޑޫސިޓީގައި އަލަށް ހުޅުވުނު ކޮންޓެކްޓް ސެންޓަރުގެ އިތުރަށް، ބޭންކް އޮފް މޯލްޑިވްސްއިން ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފިއެވެ. އަދި ބޭންކުންވަނީ މި...

19 Feb 2017 | 11:50

މިއަދު އައްޑޫސިޓީގައި އަލަށް ހުޅުވުނު ކޮންޓެކްޓް ސެންޓަރުގެ އިތުރަށް، ބޭންކް އޮފް މޯލްޑިވްސްއިން ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފިއެވެ. އަދި ބޭންކުންވަނީ މި ސަރަހައްދުގައި ބޭންކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް ޖުމްލަ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަންވެސް އިއުލާންކޮށްފައެވެ.

ގަން ބްރާންޗްގައި ހުރެ ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކޮށް މިއަދު އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މިދަނީ އިތުރުކުރަމުން ކަމަށެވެ. ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިތުރު އިންވެސްޓްމެންޓްތައް ބޭންކުން ކުރާނެ ކަމުގައިވެސް ސީއީއޯ ވިދާޅުވި އެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ މިހުރިހާ ކަމަކާއެކު އައްޑޫ ސަރަހައްދުގައި ބޭންކްގެ ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ ކަމަށާއި މިއީ ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ބޮޑު އުފަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް