ހިނގާފައިދިޔަ އަންހެނެއްގެ އަތުން ފޭރުނު ދެމީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި

ހިނގާފައިދިޔަ އަންހެނެއްގެ އަތުން ފޯނެއް ފޭރުނު ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މި ދެމީހުން ހޯދަމުންދަނީ 2017 ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ވަގުތެއްގައި ...

19 Feb 2017 | 09:00

ހިނގާފައިދިޔަ އަންހެނެއްގެ އަތުން ފޯނެއް ފޭރުނު ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މި ދެމީހުން ހޯދަމުންދަނީ 2017 ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ވަގުތެއްގައި އެމްޑަބްލިއުއެސްސީ ކައިރިން ހިނގާފައިދިޔަ އަންހެނެއްގެ އަތުން މޯބައިލް ފޯނެއް ފޭރުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް