ކަރުގައި ރުފިޔާއެއް ތާށިވެގެން ކުއްޖަކަށް ފަރުވާދެނީ

ށ. ފޭދޫ އުމުރުން ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ. ފޭދޫ މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާގެ ކަރުގައި އެއް ރުފިޔާ ތާށ...

19 Feb 2017 | 06:50

ށ. ފޭދޫ އުމުރުން ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

ފޭދޫ މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާގެ ކަރުގައި އެއް ރުފިޔާ ތާށިވީ އިއްޔެ ހަވީރު ކަމަށެވެ. އަދި ފުރަތަމަ ފަރުވާ ދީފައިވަނީ އެ ރަށު ސިއްހީމަރުކަޒުން ކަމަށާއި ފަހުން ގެންދިޔައީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ. އެކަމަކު އެތަނުގައި ކަރުންމަތީގެ ޑޮކްޓަރެއް ނެތުމުން އިތުރު ފަރުވާއަށް މާލެ ގެންދިޔައީ ކަމަށެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު މީޑިއާގައި ބުނެފައިވަނީ އެ ކުއްޖާއަށް ރުފިޔާ ދިރުވާލެވުނީ ކާޓޫން ބަލަން ޓީވީ ކައިރީ އިންދަ ކަމަށެވެ. އަދި އިތުރު ފަރުވާއަށް ކުއްޖާ މާލެ ގެނައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާނުދެވި ފަސް ގަޑިއިރު ބޭއްވުމަށް ފަހު ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މާލެ ގެނައި އިރު ރުފިޔާ އޮތީ ކުއްޖާގެ ކާއެއްޗެހި ދިރުވާ ހޮޅީގެ ތެރޭގައި އެވެ.

އައިޖީއެމްއެޗުން މިކަމާއި ގުޅޭގޮތުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް