ވިއްސާރައިގައި ތ. ގުރައިދޫ ބަނދަރު ތޮށިން ބޮޑު ބައެއް ވެއްޓިއްޖެ

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ތ ގުރައިދޫ ބަނދަރުގެ އެއްގަމު ތޮށިން ބޮޑު ބައެއް ވެއްޓި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރ...

19 Feb 2017 | 06:45

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ތ ގުރައިދޫ ބަނދަރުގެ އެއްގަމު ތޮށިން ބޮޑު ބައެއް ވެއްޓި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން އަޙަދު ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ބަނދަރު ސަރަހައްދުން މޫދަށް ފެންދަމާތީ އެއްގަމުތޮށިން ގާތްގަނޑަކަށް 35 ފޫޓު ވަރުގެ ބައެއް ބަނދަރުތެރެއަށް ވެއްޓިފައިވާކަމަށެވެ.

"35 ފޫޓު ވަރުގެ ބައެއް ވަނީ ވެއްޓިފައި، އެހެން ދިމަދިމާއިންވެސް އެބަހުރި ކަނޑައިގެން ގޮސްފަ، ހެނދުނުން ފެށިގެން ކުރަންފެށި ވިއްސާރަ ކުޑަކޮށްވެސް އަލިވެލީ 10:30 ހާއިރު" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ މިއަދު ވާރޭ ވެހުމުގެ ސަބަބުން ރަށު ސްކޫލުގައި ފެންބޮޑުވި ކަމަށާއި ސްކޫލުން ފެން ހިއްކުމުގައި ރަށު ކައުންސިލާއި ފުލުހުންނާއި ފެނަކައިގެ އިތުރުން ސްކޫލުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ބައިވެރިވެފައިވާކަމަށެވެ.

މީގެ އިތުރުން ދެ ގެއަކަށް ފެނުގެ އަސަރު ކުރި ކަމުގެ ރިޕޯޓް ކައުންސިލަށް މިހާރު ކޮށްފައިވާކަމަށާއި އަދި އެކަމުގެ ތަފްސީލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް