އެސްއޯއެފް އާއި ދެކޮޅަށް އެމްއެމްޕީއާރުސީން އަލުން ދައުވާކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގަ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި މައްސަލަ އަލުން އެމްއެމްޕީ...

19 Feb 2017 | 06:34

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގަ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި މައްސަލަ އަލުން އެމްއެމްޕީއާރުސީން ކޯޓަށް ވައްދައިފި އެވެ.

އެސްއޯއެފް އަކީ ކުރީގެ ނައީބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތް ތެރިވިއިރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އެވެ.

މި މައްސަލައިގަ އެސްއޯއެފްއާއި ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރީ ދެ ފަރާތުގެ ދެމެދުގައި ހެދިފާ އެއްބަސްވުމުގައި ވާގޮތުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ތެރެއިން އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެ އެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެންމެ ފަހު ބޭއްވި އަޑު އެހުމަށް މައްސަލަ ހުށަހެޅި އެމްއެމްޕީއާރުސީން ހާޒިރު ނުވުމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ދުވަހު ކޯޓަށް ހާޒިރުވުމަށް ޗިޓު ނުލިބޭ ކަމަށެވެ.

އެމްއެމްޕީއާރުސީން މިހާރު ވަނީ އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތް ހިންގުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ ބަަލާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު އޭސީސީން ދަނީ ހިންގަމުންނެވެ. އަދި ސަރުކާރުން ބުނެފަިއވަނީ އެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް