އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ފުރާވަޑައިގެންފި އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާ ވަޑައިގެންނެވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖައިޝަންކަރު ވަޑައިގެންނަވާނީ ސްރީލަންކާ އަށެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ ހއ. އުތީމަށް ވަޑައިގެން އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރައްވާފައި އެވެ. އަދި މިއަދު ވަނީ ށ. ފޯކައިދޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމް ކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވާފައި އެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ތިން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައިވެސް ސޮއި ކުރި އެވެ.
އެއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމާއި، ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އިތުރުން އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް