ފޯކައިދޫގައި ތަރައްޤީކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފި

ށ. ފޯކައިދޫގައި ސަރުކާރުން ތަރައްޤީކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފިއެވެ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްފައިވަނީ 2019 ވަނަ އަހަރު އިންޑިއާއިން ދިން ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުންނ...

19 Jan 2023 | 13:26

ށ. ފޯކައިދޫގައި ސަރުކާރުން ތަރައްޤީކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފިއެވެ.

ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްފައިވަނީ 2019 ވަނަ އަހަރު އިންޑިއާއިން ދިން ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުންނެވެ.

އެ ސެންޓަރު ހުޅުވައިދެއްވާފައިވަނީ މިކަމަށްޓަކައި  މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ޖައިޝަންކަރާއިއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެސެންޓަރު އިމާރާތްކޮށް ވަސީލަތްތައް ޤާއިމު ކުރުމަށް ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން 5.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް